English Edition
Dhivehi Edition

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިއަަހަރުގެ ކުރީކޮޅު މިނިސްޓަރ ޒަހާ އާއި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ އައްޑޫ ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ރައްޔަތުންނާއި ބައްދަލުކުރުމުން މަސްވެރިން ވަނީ އައިސް ނުލިބުމު ޝަކުވާ ކޮށްފައެވެ. އެކަމާއި ގުޅިގެން މަސްވެރިންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވެފައިވަނީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް މިހާރު އައިސް ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސުމުން އައްޑޫ މިފްކޯގެ 2 ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ. އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާންޓުންކަމަށް ފިޝަރީޒް ކޮމްޕްލެކްސް އިން ބުނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.