English Edition
Dhivehi Edition

ހަތް މަރުހަލާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން އިންޑިއާގައި މިއަދު ފަށައިފިއެވެ

މިއަދުން ފެށިގެން މި މަހުގެ 19 އާއި ހަމައަށް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ މެއި މަހުގެ 23 ވަނަ ދުވަހުގައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 900 މިލިއަނަށް އަރާފައިވާއިރު އިންތިހާބުގެ ފުރަތަމަ ފޭސްގައި 20 ސްޓޭޓެއްގެ 91 ދާއިރާއިން ވޯޓުލާނެ އެވެ.ތިރީގޭގެ މެޖޯރިޓީ ލިބޭނީ 272 ގޮނޑި ނުވަތަ އެއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ. އެއަށް ފަހު މެޖޯރިޓީ ލިބޭ ޕާޓީ އެއްގެ ކެންޑިޑޭޓަކު ބޮޑުވަޒީރުކަމަށް އިސް ކުރެވޭނެ އެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ ސްޓޭޓްތަކުގެ ތެރޭގައި ބިހާރު، ޗައްތިސްގަރު، ޖައްމޫ އެންޑް ކަޝްމީރު، އޮޑީޝާ، ސިއްކިމް، ޓެލަންގަނާ، ތުރިޕޫރާ، އުއްތަރަ ޕްރަދޭޝް، އުއްތަރަކަންދު، ވެސްޓް ބެންގާލް،އަންދުރަ ޕްރަދޭޝް، އަރުނާޗަލް ޕްރަދޭޝް، އައްސާމް، މަހާރަޝްތުރާ، މަނިޕޫރު، މެގާލަޔާ، މިޒޮރާމް، ނަގަލަންޑު، އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަދި ލަކްޝަދުވީޕް ހިމެނެ އެވެ

ޤާނޫނު ހަދާ މަޖިލީހަށް 543 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިހާބު ކާމިޔާބުކުރާނީ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ. މި ފަހަރުގެ އިންތިހާބުގައިވެސް ނަރެންދުރަ މޯދީ އަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް އެ ޕާޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެންމެ ފަހުން އިންތިޚާބުގައި ވެފައިވާ ވައުދުތައް ނުފުއްދުމާއި ގުޅިގެން ގިނަ ބަޔަކުވަނީ މޯދީ އާއި ދެކޮޅަށްވެސް ނިކުމެފައެވެ.