English Edition
Dhivehi Edition

އިންޑިއާގެ ޓާޓާ މޮޓޯސްގެ ފުރަތަމަ އަންހެން އެމްބެސެޑަރު އަދި އިންޑިއާގައި ފުރަތަމަ ފަހަރަށް އަންހެނަކަށް ކާރު ބްރޭންޑެއް އިޝަތިހާރުކުރުމުގެ ޝަރަފު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ފާތިމާ ސަނާ ޝެއިހަށް ލިބިއްޖެ އެވެ.

‘ޑަންގަލް’ އިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސަނާއަކީ ބޮލީވުޑްގައި ކާމިޔާބު ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެންމެ ދެ ފިލްމު ކުޅުމަށްފަހު ކާމިޔާބީގެ އެންމެ އުސް ހަރުފަތުގައި ފައި ހަމަކޮށްފައިވާ ސަނާ ވެފައި ވަނީ ޓާޓާ މޮޓޯސްގެ އުފެއްދުމެއް އިޝްތިހާރުކޮށް ދޭން ސޮއި ކުރި ފުރަތަމަ އަންހެން ފަންނާށެވެ. މީގެ ކުރިން މުޅިން ވެސް ޓާޓާ މޮޓޯސްގެ އެމްބެސެޑަރުކަން ކޮށްފައި ވަނީ ފިރިހެން ފަންނާނުންނެވެ.

ދާދި ފަހުން ރިލީޒް ކުރި “ގަލީ ބޯއި” އިން ތައާރަފުވި އެކްޓަރު ސިދާންތު ޗަތުރަވެދީއާ އެކީގައި ސަނާ ކުޅެފައިވާ ޓާޓާ މޮޓޯސް އުފެއްދުމެއްގެ އިޝްތިހާރު، މިހާރު ދައްކާލާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އިޝްތިހާރުތައް ސަނާއާއި އެކު ދައްކާލުމަށް ޓާތާ މޮޓޯސް އިން އަންނަނީ ތައްޔާރުވަމުންނެވެ.

ދެން އެންމެ އަވަހަށް ސަނާ ފެނިގެން ދަނީ ސެޕްޓަމްބަރު މަހުގައި ދެއްކުމަށް ތައްޔާރުވަމުންދާ އަނޫރާގް ބާސޫގެ ފިލްމަކުންނެވެ. މީގެ އިތުރުން ސައިފް އަލީ ހާން އާއި އެކު “ބޫތު ޕޮލިސް” ކިޔާ ހޮރޯ ކޮމެޑީ އެއް ކުޅުމަށް ސަނާ ވަނީ ސޮއިކޮށްފައެވެ.