English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާނީ ޕީޕީއެމް/ޕީއެންސީއާ އިއްތިހާދުވެފައި ކަމަށާއި އެހެންކަމުން އާ ރައްޔަތުންގެ މަޖިލީހުގައި އެޕާޓީވެސް ވާނީ އިދިކޮޅު ޕާޓިއަކަށް ކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ރޭ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ވެސް ވާނީ އިދިކޮޅު ޕާޓީއަކަށް ކަމަށާއި ނަމަވެސް އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ތިއްބެވި މިނިސްޓަރުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ. މަޖިލީހުގައި ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މީގެ ކުރިން އެމްޑީޕީއިން 18 މެމްބަރުންނާއެކުވެސް ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މަޖިލީސް އިންތިހާބުގައި ޖޭޕީ އާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލީހުގެ ދާއިރާތަކަށް ވާދަކޮށްފައިވާއިރު ތިން ޕާޓީ ގުޅިގެންވެސް މާ ބޮޑު ކާމިޔާބީއެއް އިންތިހާބުގައި ލިބިފައެއް ނުވެއެވެ. މި ގޮތުން މަޖިލިހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޖޭޕީ އަށް ލިބުނީ އެންމެ ފަސް ގޮނޑިއެވެ. ޕީޕީއެމް ޕީއެންސީއަށް ލިބިފައިވަނީ އަށް ގޮނޑިއެވެ.