English Edition
Dhivehi Edition

މަޝޫހޫރު ފިލްމީ ތަރިންގެ ވާހަކަ އަކީ އަބަދުވެސް އަޑުއަހަން ބޭނުންވާ ވާހަކަ ތަކެވެ. ފިލްމީ ދާއިރާގައި އުޅޭ ތަރިންނަކީ ބައެއް ފަހަރު އެމީހުންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ސިއްރުކޮށްގެން އުޅޭ ނޫނީ އެމީހުންގެ ސަޕޯޓަރުންނަށް އިއްގެން ބޭނުން ނުވާ ވާހަކަތައްވެސް ހުންނަ ބައެވެ. މިއަދު މިބަލާލަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ތިން ކައިވެންޏަށްވުރެ ގިނަ ކައިވެނި ކޮށްފައި ތިބި ތަރިންނަށެވެ.

ކަރަން ސިންގ ގްރޫވާރ ވަނީ ތިން ކައިވެންޏެއް ކޮށްފައެވެ. އޭނާ ފުރަތަމަ ކައިވެންޏެއް ކުރީ 2008 ވަނަ އަހަރު ޝްރައްދާ ނިގަމްއާ އެވެ. މި ކައިވެނި ދެމިގެން ދިޔައީ 1 އަހަރަށެވެ. ކަރަން ސިންގ ދެން ކައިވެންޏެއް ކުރީ 2012 ވަނަ އަހަރު ޖެނިފާ ވިންގެޓް އާއި އެވެ. ފުރަތަމަ ކުރި ކައިވެނި ރޫޅި 3 އަހަރު ފަހުން ކުރި މި ކައިވެނި 2 އަހަރުކޮށްލާފަ 2014 ގައި ރޫޅުނެވެ. އޭގެ ފަހުން އޭނާ ކައިވެނި ކުރީ 2016 ވަނަ އަހަރުގައި މައްޝޫރު ތަރި ބިޕާޝާ ބާސޫ އާއި އެވެ.

ކިޝޯ ކުމާރް ވަނީ ހަތަރު ކައިވެންޏެއް ކޮށްފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަަމަ ފަހަރު ކައިވެންޏެއް ކޮށްފައިވަނީ 1951 ވަނަ އަހަރު ރުމާ ގުހާ ތަކުރްތާއި އެވެ. މި ކައިވެނި 1958 ގައި ރޫޅި 1960 ގައި އޭނާ މަދޫބަލާ އާއި ކައިވެނި ކުރިއެވެ. މި ކައިވެނި 9 އަހަރަށް ދެމިއޮތެވެ. ދެން އޭނާ ކައިވެންޏެއް ކުރީ 1976 ވަނަ އަހަރު ޔޮގީތާ ބާލީ އާއި އެވެ. މި ކައިވެނި 1 އަހަރު ވަންދެން އޮތުމަށް ފަހު 1980 ގައި ލީނާ ޗަންދަވަރްކަރް އާއި ކައިވެނި ކުރިއެވެ.

ސަންޖޭ ޑަތް ވަނީ 3 ކައިވެންޏެއް ކޮށްފައެވެ. އެގޮތުން ސަންޖޭ ފުރަތަަމަ ކައިވެންޏެއް ކުރީ 1987 ވަނަ އަހަރު ރިޗާ ޝަރްމާއިއެވެ. މި ކައިވެނި 1996 ގައި ރޫޅުމަށްފަހު 1998 ގައި ރީއާ ޕިލްލައި އާއި ކައިވެނި ކުރިއެވެ. އަދި 2008 ވަނަ އަހަރު މި ކައިވެނި ވެސް ރޫޅުމަށްފަހު ހަމަ އެ އަހަރު މަންޔަތާ ދަތް އާއި ސަންޖޭ ކައިވެނި ކުރިއެވެ.

ޓެގު