English Edition
Dhivehi Edition
Muslim praying in Sujud posture

ޖާހިލުކަމަކީ އީމާންކަން ބަލިކަށި ވާކަމުގެ އެއް ސަބަބު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. އެގޮތުން މިއަދުގެ ޚުތުބާގައު ބުނީ އީމާންކަން ބަލިކަށިވުމުގެ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށާއި އޭގެތެރޭގައި ޖާހިލުކަން ހިމެނޭކަމަށެވެ. އަދި އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ނުބައި ކަންތައްތަކަށް ގޮވާލުން ވެސް ހިމެނޭކަމަށް ހުތުބާގައިވެއެވެ.

އީމާންކަން ވަރުގަދަވާ ކަންކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ އަލިއަޅުވާފައެވެ. އެގޮތުން ޚުތުބާގައި ބުނީ އީމާންކަން ވަރުގަދަ ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކީރިތި ޤުރުޢާން ކިޔެވުން ކަމަށެވެ.”އިންސާނާގެ އީމާންކަން އިތުރުވެ ވަރުގަދަ ވުމުގެ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ކީރިތި ޤުރުޢާން ކިޔަވައި އޭގެ އާޔަތްތަކާއި މެދު ވިސްނާ ފިކުރު ކުރުމެވެ.” ހުތުބާގައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“މިއީ ކަލޭނގެފާނަށް ތިމަންރަސްކަލާނގެ ބާއްވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެއުރެން އެފޮތުގެ އާޔަތްތަކާއި މެދު ވިސްނާ ފިކުރު ކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން އެއިން ނަޞީހަތް ލިބިގަތުމަށެވެ.”

އަދި އިހްލާސްތެރިކަމާއި އެކުގައި ހެޔޮ އަމަލުތައް ގިނަ ކުރުމަކީވެސް އީމާންކަން ހަރުދަނާވާނެ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. މިއަދުގެ ހުކުރު ހުތުބާ ނިންމާލަމުން ވަނީ ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީވެސް އީމާންކަން ބަލިކަށިވުމުގެ ސަބަބެއްކަމުގައި ބުނެފައެވެ.