English Edition
Dhivehi Edition

ލިޔުނީ: އައިޝަތު ނުހާ ނާފިޢު.މަރަދޫފޭދޫ ސްކޫލް/

މަރަދޫފޭދޫސްކޫލްގައި ދުނިޔޭގެ ކުޑަކުދިންގެ ފޮތުގެ ދުވަސް ފާހަގަ ކޮށްފިއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރިވަރުން ވަނީ 30 މިނިޓް ގެ ފޮތް ކިޔުމުގެ ވަގުތު ކޮޅެއް ހޭދަކޮށްފައެވެ. މީގެ އިތުރަށް ދަރިވަރުންވަނީ ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްފައެވެ. އެގޮތުން 150 އަށް ވުރެ ގިނަ ފޮތް ދަރިވަރުން ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލުގައި ވަނީ ވަރަށް ހާއްސަ އެސެމްބްލީއެއް ވެސް ވަނީ ބާއްވާފައެވެ. ސްކޫލްގެ ހުރިހާ މުދައްރިސުންނާއި ދަރިވަރުން ބައިވެރިވި މި އެސެމްބްލީގައި ،ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ހަފްސާ އެވެ. ޕްރިންސިޕަލްގެ ވާހަކަ ފުޅުގައި ފޮތް ކިޔުމާއި ފޮތް ލިޔުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާ ލެވިފައި ވެއެވެ. އަދި ހަމަ އެހެންމެ ދިރި އުޅުމުގައި މުހިންމު އެއްބަޔަކީ ފޮތް ކަމުގައި ވިދާޅު ވިއެވެ.

ދުނިޔޭގެ ކުޑަ ކުދިންގެ ފޮތުގެ ދުވަހެއްގެ ގޮތުގައި ފާހަނގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ދެވަނަ ދުވަހެވެ.ފޮތުގެ ދުވަސް ފާހަގަ ކުރުމުގެ މައިގަޑު މަޤްޞަދަކީ އަންނަން އޮތް ޖީލްތަކަށް ފޮތާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި އަދި ފޮތް ކިޔުމާއި ފޮތް ލިޔުމުގެ ސަޤާފަތް ދެމެހެއްޓުމާއި އެކު ފޮތް ކިޔުމަށް ޝައުޤުވެރި ކުރުވުމެވެ.