English Edition
Dhivehi Edition

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި 94.9 މިލިއަން ރުފިޔާ މިއަދު ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ގައި 94،970،790.84 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރިއިރު، ވަސީލަތްތައް ގާއިމުކުރުމަށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ބަޖެޓަށް އެންމެ ބޮޑު އަދަދެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ލިބޭނެ ކަމަށް ބުނެފައިވާ އަދަދަކީ 31.2 މިލިއަން ރުފިޔާ އެވެ. އަދި އޭއެފްސީން 10.8 މިލިއަން ރުފިޔާ ލިބޭއިރު ކުޅިވަރާއި ބެހޭ މިނިސްޓްރީން 1.8 މިލިއަން ރުފިޔާ، ޓިކެޓް ވިއްކައިގެން 4 ލައްކަ ރުފިޔާ އަދި ސްޕޮންސާގެ ގޮތުގައި 43 މިލިއަން ރުފިޔާ ލިބޭނެކަމަށް ޖަހާފައިވެއެވެ.

އެފްއޭއެމްގެ ދަރަނި އަދާކުރުމަށް 1 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު، އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް 3.7 މިލިއަން ރުފިޔާ، ޓެކްނިކަލް ޑިވެލޮޕްމަންޓަށް 5.9 މިލިއަން ރުފިޔާ، މުބާރާތްތަކަށް 9.2 މިލިއަން ރުފިޔާ އަދި ގައުމީ ޓީމުގެ ހަރަދުގެ ގޮތުގައި8.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 13 ކްލަބަކުން ބައިވެރިވެފައިވާއިރު، އެފްއޭއެމް އިން ހުށައެޅި ބަޖެޓާއި ދެކޮޅަށް ވޯޓް ދީފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުން އެކަންޏެވެ