English Edition
Dhivehi Edition

ސ.އަތޮޅު މަދަރުސާގެ އެތުލެޓިކް މީޓް ފަށައިފި އެވެ.

އިއްޔެ ހެނދުނު 6:30ގައި ފެށި މި މީޓްގައި ސްކޫލްގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި ސްކޫލްގެ 4 ހައުސްކަމަށްވާ، ހުރަވީ (ޔެލޯ)، ގާޒީ (ބްލޫ)، ޝަމްސުއްދީން (ރެޑް) އަދި ސިކަންދަރީ (ގްރީން) އިންވަނީ ގިނަ އެތުލީޓުންތަކެއް ބައިވެރިވެފައެވެ.

އެކިއެކި ޙަރަކާތްތަކާއި އެއްކޮށް ފެށި މި އިވެންޓުގައި ޖެވެލިން، ޝޮޓްޕުޓް، ބޯލް ތުރޯ، ލޯންގް ޖަމްޕް، ހައި ޖަމްޕް، ޑިސްކް އަދި އެކިއެކި ދުވުންތައް ހިމެނެއެވެ.

އިއްޔެ ހެނދުނު ބޭއްވި އިވެންޓްތަކުގެ ތެރެއިން ޝޮޓްޕުޓް، ޖެވެލިން، ޑިސްކް، ބޯލް ތުރޯ ހިމެނެއެވެ. މިއިން ކޮންމެ އިވެންޓެއްގައިވެސް 17އަހަރުންދަށް އަދި 15 އަހަރުންދަށުގެ އުމުރުފުރާ ވަނީ ބައިވެރިވެފައެވެ.

ސްޕޯރޓްސް ކްލަބުގެ ފަރާތުން ވާހަކަދެއްކި ރިޕްރެޒެންޓޭޓިވަކު ބުނިގޮތުގައި މި އިވެންޓްގެ މަޤްޞަދަކީ ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް ލިބޭ ހުސްވަޤުތުގައި ޞިއްޙަތަށް ފާއިދާހުރި ކަންކަންކުރުމަށް ހިތްވަރު ދިނުމެވެ. އަދި ސްކޫލް ދަރިވަރުންގެ ޞިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަކީ ސްކޫލްގެ މިޝަނަކަށްވުމުން އެ މިޝަން ކާމިޔާބުކުރުމެވެ.

ދެން ހުރި އިވެންޓްތައް މިއަދު ހަވީރު 16:00 އިން ފަށަންވަނީ ނިންމާފައެވެ.

ސ.އަތޮޅު މަދަރުސާއަކީ ގްރޭޑް 7 އިން 12 އަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލްގެ ދަރިވަރުންނަށް އެކިއެކި ޙަރަކާތްތައް ސްްކޫލުންދަނީ އަބަދުވެސް އިންތިޒާމުކޮށް ކުރިއަށް ގެންދަމުންނެވެ. އެތުލެޓިކްސް މީޓުގައި ސަޕޯރޓަރުންނަށް ސަޕޯޓުކުރެވޭނެ އިންތިޒާމުތައްވަނީ ހަމަޖައްސާފައެވެ.