English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ ޝފީޤް

އައްޑޫ ފްރެންޑްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޔޭޔޭ ވިމެންސް ފުޓްސަލް ކަޕް 2019ގެ ކުޅުން މިރޭ ފަށާނެއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފައެވެ. 31 މާޗް 2019 އިން 03 އެޕްރީލް 2019 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ 3 ޓީމުންނެވެ. އެއީ ވިމެންސް އެފްސީ، ސޯލް އެފްސީ އަދި މައިލޯ ވިމެންސް ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ.

އައްޑޫ ފްރެންޑްސް ގެ ނައިބު ރައީސް ހަސަން ސިނާން ( އައްޑޫ ސިނާ ) ވިދާޅުވީ މިހާރު މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ޖަހާއިރު ސ.ހިތަދޫ މަނިކު ބޯޅަ ދަނޑުގައި ކަމަށެވެ. އަދި މުބާރާތުގެ ބައިވެރިވި ކޮންމެ ޓީމެއް އެއްޓީމް އަނެއްޓީމާއި ކުޅެ ޕޮއިންޓްގެ ގޮތުން އެއްވަނަ ދެވަނަ ފައިނަލް ގައި ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ސިނާން ވަނީ މައުލޫމާތު ދީފައެވެ.

ޗެންޕިއަން ޓީމަށް -/10000ރ، ރަނަރަޕް ޓީމަށް -/5000ރ އަދި ތިންވަނަ އަށް ދާ ޓީމަށް -/2500ރ ގެ ފައިސާގެ އިނާމް ކަނޑައަޅާފައިވާ މިމުބާރާތުގައި ކުޅެވޭނީ އައްޑު އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް އެކަނި ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ

މިމުބާރާތާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ޖަމްއިއްޔާއިން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫސިޓީގައި ފުޓްސަލްގެ ފޯރި ގަދަކޮށް މި ކުޅިވަރު ދިރުވައި އާލާކޮށް ފުޓުސަލް އިން ގިނަ އަންހެން ކުޅުންތެރިން އުފެއްދުން ކަމަށެވެ.