English Edition
Dhivehi Edition

އާއްމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލުތައް ބަންދުކުރަން އައިޖީއެމްއެޗުން އަންގާފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި މިނިސްޓަރާއި ހަވާލާދީ ބުނެފައިވަނީ އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗުން މި މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ސޯޝަލްމީޑިއާގައި ފެތުރެމުންދަނީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމަށެވެ.

“އަދި ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވޭ” މިނިސްޓަރާއި ހަވާލާދީ ބުނެފައިވެއެވެ.
އެޑިއުކޭޝަނުން މިހެން ބުނެފައިވާއިރު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރުވަމުން އަންނަ މެސެޖެއްގައި ބުނެފައިވަނީ އާއްމު ރޯގާ ބަލިމަޑުކަމެއް ފެތުރިފައިވާތީ ސްކޫލުތައް ވަގުތީ ގޮތުން ބަންދުކުރުމަށް އައިޖީއެމްއެޗްއިން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

އެދުވަސްވަރެއްގައި ދިމާވާ ބަލިމަޑުކަމެއްގެ ސަބަބުން ސްކޫލްތައް މީގެ ކުރިން ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބަންދުކުރެއެވެ. އަދި ވަކި ހާއްސަ ރަށެއްގައި ބަލިމަޑުކަމެއް އުޅޭކަމަށް ވަނީނަމަ އެރަށުގެ ސްކޫލްތައް ވެސް ބަންދުކުރެއެވެ.