ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ ޙުކުމް މިއަދު
7 މަސް ކުރިން
އަޙްމަދު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓަށް ބޮޑު ޚިޔާނާތުގެ ފައިސާ ވަންކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އެކައުންޓުތައް ފްރީޒުކުރި މައްސަލައިގެ ޙުކުމް އިއްވުން މިއަދަށް ހައިކޯޓުގައި ތާވަލް ކުރައްވައިފިއެވެ.

އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެ މައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުހައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކޮށްފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

Advt

Advertisement

ކުރިން މި މައްސަލައިގެ ޙުކުމް އިއްވުން ތާވަލް ކުރައްވާފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަށެވެ. ނަމަވެސް ހައިކޯޓުން ވަނީ މި މައްސަލައިގެ ޙުކުމް އިއްވުން އަވަސް ކުރައްވައިފައެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުތަކާ އެކު އެމަނިކުފާނުގެ އެކައުންޓު ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒުކޮށްފަ އެވެ. ފްރީޒުކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)ގެ އެކައުންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ)ގައި އޮންނަ އެކައުންޓުތަކެވެ.

މަނީ ލޯންޑްރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެމަނިކުފާނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރައްވާފައެވެ. އަދި ހައިކޯޓުން ވަނީ ޔާމީން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.