English Edition
Dhivehi Edition

ލިޔުނީ : އައަިޝަތު ލައިސާ/ ހިތަދޫ ސްކޫލް

ދުނިޔޭގެ އާރތް އަވަރ ފާހަގަ ކުރުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހިތަދޫ ސްކޫލުގައި ވަނީ އާރތް އަވަރއާއި ގުޅިގެން ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައަ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް އަދާލާ ވަނީ އާރތް އަވަރގެ މުހިއްމު ކަމާއި ބެހޭގޮތުން ސްކޫލްގެ ހުރިހާ ދަރިވަރުނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. މި ވާހަކައިގައި އަދާލާވަނީ ދުނިޔޭގެ ތިމާވެށްޓަށް ދިމާވާ މައްސަލަތަކާއި އެމައްސަލަތަކުގެ ހައްލަކީކޮބައިކަމަށް ވެސް އަލި އަޅުވާފައެވެ.

އަދި ހަމަ އެއާއެކު އިއްޔެ ހަވީރު ވަނީ އާރތް އަވަރ ފާހަގަ ކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި ބައިވެރިވެފައި ވަނީ ހިތަދޫ ސްކޫލާއި ، ޝަރަފުއްދީން ސްކޫލާއި ، އައްޑޫ ހައި ސްކޫލާއި ، ނޫރާނީ ސްކޫލްގެ ޕްރިފެކްޓުން، ކެޑޭޓުން، ބޭންޑުން،ގައިޑްސް،ލިޓްލް މެއިޑުންނާއަ ސްކައުޓުން ނެވެ. މިހިނގާލުމުގެ މައިގަނޑު މަގްސަދަކީ ދުނިޔެއިށް ދިމާވުމުންދާ ތިމާވެއްޓާއި މުސުމީ މައްސަލަތަކާ ބެހޭ މައުލޫމާތު އާންމުންނާ ހިއްސާކޮށް އެމައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން އަންގައި ދިނުމެވެ. އެގޮތުން މިހިނގާލުމުގައި ބައިވެރިވި ދަރިވަރުން ދިޔައީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލު ތަކުން ލިބޭ ގެއްލުމާ ގުޅޭ ޝިއާރުތައް އެކުލެވޭ މެސެޖު ބޯޑުތައް ހިފައިގެންނެވެ.

މީގެ އިތުރުން ވެސް ހިތަދޫ ސްކޫލްގައި އާރތް އަވަރއާއި ގުޅިގެން އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައިވެއެވ. އޭގެތެރޭގައި ރޭ ހިތަދޫ ސްކޫލުގައި ވަނީ ލައިޓްސް އޮފް ގެ ނަމުގައި މުޅި ސްކޫލުން ކަރަންޓް ކެނޑުމަށް ފަހު ބޮކީގެ ބަދަލު އުއްބައްތި ބޭނުން ކުރުމުގެ ޕްރޮގްރާމް އެއް ސްކޫލްގެ އެސް. ކޭ. ޖީ . ގެ ދަރިވަރުނާއި ގްރޭޑް 1 ގެ ސްޓާރ ދަރިވަރުނަށް ކުރިޔަށް ގެންގޮސްފައެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރާއިރު، އަހަރެމެންނަށް ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ވަރަށް ގިނަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ކުރާން ޖެހޭ ކަމަކީ ފަރުދެއްގެ ހައިސިއްޔަތުން ތިމާވެށި ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު ތައް އެޅުމެވެ.