English Edition
Dhivehi Edition

ލިޔުނީ : އަހްމަދު އަޔާން މުހައްމަދު/  ހުޅުދޫސްކޫލް

ހުޅުދޫ ސްކޫލްގައި ގްލޯބަލް މަނީ ވީކް ފާހަގަ ކޮށްފިއެވެ. މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތިދުވަހު ވަނީ ޚާއްޞަ އެސެމްބްލީ އެއް ބާއްވާފައެވެ. މި ހަފްތާ ފާހަގަ ކުރުމަށް ބޭއްވުނު ހަރަކާތްތަކުގައި ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުއައްޒަފުން ބައިވެރިވިއެވެ.

މި ޚާއްޞަ އެސެމްބްލީގައި މިއަހަރުގެ ޝިޢާރުކަމުގައިވާ “ލާރން ސޭވް އާރން” މި ޝިޢާރުގެ ދަށުން ވާހަކަދެއްކުމާއި ފަހަށް ފައިސާ ރައްކާކުރާނެ ގޮތް ދައްކުވައިދޭ ޑްރާމާއެއް ހުށަހެޅުން އޮތެވެ.

މީގެ އިތުރުން ކޮންމެ ކުލާހަކުން ކެންޓީނެއް ހިންގާ ދަރިވަރުން ގެނައި ތަކެތި ވިއްކައިގެން ބާކީވާ ރުފިޔާތައް ފަހަށް ރައްކާކުރާނެ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. ކުލާސް ކެންޓީނުގައި ތަކެތި ގަތުމުގައްޔާއި ވިއްކުމުގައި އަމަލީ ގޮތުން ދަރިވަރުންވަނީ ބައިވެރިވެފައެވެ.