English Edition
Dhivehi Edition
އާރިފާއާއި އޭނަގެ ފިރިމީހާ އަދި ތިން ކުދިން

ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން20 އަހަރުގެ އާރިފާ ސުލްތާނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައީ ވިހާދުވަސް ނުޖެހޭނީހެ އެވެ. ހޮސްޕިޓަލަށް ދިޔުމާއެކު ޑޮކްޓަރ ވަނީސުލްތަނާގެ ބަނޑުގައި ވާ ދުވަސްނުފުރޭ ފިރިހެން ކުއްޖާ ވިއްސާފައެވެ.

ނަމަވެސް 26 ދުވަސްފަހުން އާރިފާގެ ފެންދުލި ފަޅައިގެން ދިޔަހެން އިހްސާސް ވިއެވެ. އެހެން ކަމުން އަވަހަށް ހޮސްޕިޓަލަށް ދިޔައީއެވެ. މިފަހަރު ޑޮކްޓަރުން އާރިފާ ބެލުމަށްފަހު އިތުރު ކުއުްޖަކު ބަނޑުގައި ވާކަމަށް ބުނެ ސިޒޭރިއަނެއްހެދިއެވެ.

އާރިފާ ބެލިޑޮކްޓަރުން ނާހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވަނީ، އާރިފާ ސިޒޭރިއަން ހެދުމުން އިތުރު ދެކުއްޖަކު އޭނަގެ ބަނޑުގައި ވާކަން އެނގުނު ކަމަށެވެ. އަދި އެއީ އަންހެންކުއްޖަ ކާއި ފިރިހެން ކުއްޖެއް ކަމަށް ވެސް ޑޮކްޓަރު ބުނެފައި ވެއެވެ. ސިޒޭރިއަން އަށްފަހު ޑޮކްޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އާރިފާ ގެ ބަނޑުގައި ދެރަހިމް އުފެދިފައި ވާކަމަށެވެ. އެގޮތުން އެއް ރަހިމުގައި ދެކުދިން ތިބި އިރު އެންމެ ފުރަތަމަ ވިހޭ ކުއްޖާ އެއީ އަނެއް ރަހިމުގައި ވީކުއްޖެއް ކަމަށެވެ. ޑޮކްޓަރ ބުނެފައިވަނީ އެންމެ ހައިރާން ވަނީ އާރިފާގެ ބަނޑުގައި 3 ކުދީން ތިބި އިރު މިއަދާ ހަމައަށްވެސް އޭނަ ގަވައިދުން ދައްކަމުން ދިޔަ އިރު އެކަންޢެނާބެލި ޑޮކްޓަރަށް އެނގިފައި ނުވާތީއެވެ.

މަޔޯކްލިނިކުން ބުނެފައިވަނީ އަންހެނެއްގެ ހަށިގަނޑުގައި ދެ ރަހިމް އުފެދުމަކީ ގުދުރަތުން އޭނަ އުފަން ވާއިިރުވެސްދިމާވާ ޤުދުރަތީ ކަމެއް ކަމަށެވެ. އަދި މިގޮތަށް ދެ ރަހިމް ހުންނަ އަންހެނަކު އުފަންވަނީ ކޮންމެ 3000 ކުން އެކަކަށްކަމަށް ވެސް އެ ކްލިނިކުން ބުނެފައި ވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރެއް ކަމަށްވާ ދިލިޕް ރޯއީ ބުނީ، އޭނަގެ 30 އަހަރުގެ މެޑިކަލް ކެރިއާގައި ދުވަހަކުވެސް މިކަހަލަ ކޭސް އަކާ ދިމާނުވާ ކަމަށާއި މި ކަހަލަ ހާދިސާއެއްގެ އަޑުވެސް ނީވޭކަމަށެވެ. އެހެންކަމުން އޭނާ ވަނީ އާރިފާ ގެ ރޫޓިން ޗެކަޕް ހެދި ޑޮކްޓަރ އާމެދު ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މިހާދިސާ އަށްފަހު އާރިފާ މީޑިއާ ތަކަށް ބުނެފައިވަނީ އޭނާގެ 3 ދަރީންވެސް ސިއްހަތު ރަނގަޅު ކަމަށާއި މިއަދު މި ތިންކުދިން އޭނައަށް ހެޔޮހާލުގައި ދެއްވީތީ މާތްﷲ އަށް ޝުކުރު އަދާ ކުރާކަމަށެވެ. ނަމަވެސް އޭނަ އެންމެ ކަންބޮޑުވަނީ ލޭބަރ މަސައްކަތް ކުރާ އޭނަގެ ފިރިމީހާ އަށް މަހަކު އެންމެ 70 އެމެރިކާ ޑޮލަރު ލިބޭއިރު މި ތިންކުދިން އެންމެ އެކަށީގެން ވާވަރަށް ނުބެލިދާނެތީއެވެ. އެހެން ނަމަވެސް އާރިފާ އާއި އޭނަގެ ފިރިމީހާ ބުނީ ދަރިން ނަށް ބޭނުންވާ ތަކެތި ހޯދައިދީ ދަރީން އުފަލުގައި ގެންގުޅުމަށް ވަރަށް މަސައްކަތް ކުރާނެކަމަށެވެ.

2006 ވަނަ އަހަރު، ދެ ރަހިމް ހުންނަ ބްރިޓިޝް އަންހެނަކު ވަނީ އެއްމާބަނޑު ތިން ކުދީން ވިހާފައެވެ.