English Edition
Dhivehi Edition

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މުވައްޒަފުންނަށް، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކަން ނިންމައިފިއެވެ.

އޮގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް، ވިހާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ޗުއްޓީ އެއް ބަންދު ދުވަސްތަކާއި އެކު މުސާރަ ދޭގޮތަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އަދި ފިރިހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދަރިއަކު ލިބުމުން، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ޗުއްޓީ އެއް ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ވިހެއުމުން ދޭ މޭޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މަހު އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ ޗުއްޓީ ހަ މަހަށް އަދި ބައްޕަ އަށް އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.

ސަރުކާރުގެ އޮފީސްތައް ފިޔަވައި އަމިއްލަ ކުންފުނިތަކުން ވެސް މިހާރު ދަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ 6މަހުގެ ޗުއްޓި ދޭގޮތަށް ހަމަޖައްސަމުންނެވެ.