English Edition
Dhivehi Edition

ދުނިގޭގައި އާތު އަވާގެ ގޮތުގައި ފާހަގަ ކުރާ ދުވަސް އައްޑޫ ނޭޗަރ ޕާރކުގައި މިއަހަރު ތަފާތު ގޮތަކަށް ފާހަގަ ކުރުމަށް ނިންމައި ފިއެވެ.

ކޮންމެ އަހަރެއްގެ މާރިޗް 30 ވަނަ ދުވަސް އާތު އަވާރގެ ގޮތުގައި ފާހަގަ ކުރާއިރު މިއަހަރުގެ މި އިވެންޓް އައްޑޫގައި އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ނޭޗަރ ޕާކްގައެވެ. އެގޮތުން އެރޭ ކަރަންޓް ބޭނުންކުރާވަރު މަދުކުރާ ވަގުތުގައި ނޭޗަރ ޕާރކްގައި ތަފާތު ކުޅިވަޅު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ކެރަމް އާއި މޮނަޕޮލީއާއި، ސްކްރަބަލް އާއި އުނޫ އާއި ޑާރޓްގެ އިތުރުންވެސް ތަފާތު އެކި ގޭމްސްތައް ކުޅެވޭނެ ކަމަށް އެތަނުން މަޢުލޫމާތު ދިފައި ވެއެވެ.

މިހަރަކާތުގެ ޝިއާރަކަށް ހަމަޖައްސާފައި ވަނީ ‘ދިރިވޭނޑޭލެއް ބަދަލަކެރަމާ” މިއެވެ. މިޝިއާރައިން އަންގައި ދެނީ އިސްކްރީނުތަކާއި ދުރުވެ ކަރަންޓް ބޭނުންކުރުން މަދުކޮށްގެން ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެ ކަމެވެ. އެރޭގައި ކުރިއަށް ދާ ހަރަކާތްތަކުގައި ބައިވެރިވެވޭނީ 15 އަހަރުން މަތީގެ ފަރާތްތަކަށް އެކަނިއެވެ. އަދި މިހަރަކާތް 20:00 ގައި ފަށާއިރު ބައިވެރިވުމަށް ރެޖިސްޓަރީ ކުރުން މިހާރު ހުޅުވާލައިފައި ވެއެވެ. މީގެ އިތުރުން އިތުރު މަޢުލޫމާތު ހޯދުމަށް 7580059 އަށް ގުޅޭނެއެވެ.

އާތު އަވަރ އަކީ ދުނިޔޭގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. މިއަހަރުގެ މިދުވަސް އައްޑޫ ނޭޗަރ ޕާކުގައި ފާހަގަ ކުރަނީ ޖޭސީއައި އާއި ގުޅިގެންނެވެ.