English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް ގުޅިގެން “އުރީދޫ ސްމާޓް ކެމްޕަސް” ގެ ނަމުގައި ގައިދީންނަށް އުނގެނުމުގެ އާ ވަސީލަތެއް ތައާރަފް ކޮށްފިއެވެ. މި ހިދުމަށް ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ގެ ނާއިބް ފައިޞަލް ނަސީމްއެވެ.

އީއެ ތާއާރަފު ކުރެވިގެންދިޔަ “އުރީދޫ ސްމާޓް ކެމްޕަސް” ބޭނުންކޮށްގެން ގައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި އެކިއެކި ފަންނުވެރި ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމާއި ކްލާސްތައް ނަގައިދެވޭނެއެވެ. އަދި ގައިދީން މުޖުތަމަޢަށް ނެރެ، ވަޒީފާގެ މާހައުލަށް ތައްޔާރު ކޮށްދިނުމަށްޓަކައި އެކި ކަހަލަ ވޮކޭޝަނަލް މަސައްކަތް ދަސްކޮށްދިނުމަށްވެސް މި ސްމާޓް ކެމްޕަސްގެ ބޭނުންކުރެވޭނެއެވެ.

މި ކަމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުންކަމަށާއި ޤައުމު ތަރައްޤީ ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެހައި ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ .