ސަލްމާންގެ “ބާރަތު” ގެ ޓްރެއިލާ އަންނަމަހު ދައްކާނެ
6 މަސް ކުރިން

ބޮލީވުޑް ގެ މަޝްހޫރު ތަރި ސަލްމާން ޚާން ފެނިގެން ދާ ފިލްމް ބާރަތު ގެ ޓްރެއިލާ އަންނަ މަހު ދައްކަން ނިންމައިފިއެވެ. މި ފިލްމުގެ ޓްރެއިލާ އަންނަ މަހުގެ ފަހު ހަފްތާގައި ރިލީޒް ކުރާނެކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އޭނާގެ ޓުއީޓާގައި ބުނެފައި ވާއިރު މިހާރު ދަނީ ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަނުގެ ފަހު މަރުހަލާކަމަށް އޭނާ ބުނެއެވެ.

މި ފިލްމުގައި ސަލްމާންގެ އިތުރުން ފެނިގެން ދާނެ ތަރިންނަކީ ކެޓްރީނާ ކެއިފް، ތައްބޫ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ އަދި ސުނިލް ގްރޯވާ އެވެ.

Advt

Advertisement

އަލީ 2017 ގައި ގެނެސް ދިން “ޓައިގާ ޒިންދާ ހޭ” އަށް ފަހު ގެނެސްދޭ “ބާރަތު” އަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު “އޯޑް ޓް މައި ފާދާ” އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގައި ސަލްމާންގެ ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން ގޮސް، ވަރަށް މުސްކުޅި އުމުރުގެ ދުވަސްތަކެއް ދައްކުވައި ދޭނެ އެވެ

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖޫން ފަސްވަނަ ދުވަހުގައެވެ.