English Edition
Dhivehi Edition
ސްކޫލް ކެޕްޓަން އާނާ މެދުގައި

ޙުޅުދޫ ސްކޫލުގެ 2019 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނަކަށް ގްރޭޑް 6 އޭގެ ދަރިވަރު މަރިޔަމް އާނާ ޝާނީޒު ހޮވައިފިއެވެ.

ހުޅުދޫސްކޫލްގެ މި އަހަރުގެ ޕްރިފެކްޓް ބޯރޑާއި ކުލަބު އެސޯސިއޭޝަންގެ އިންވެސްޓިޗަރ ހަފްލާގައި ވަނީ އެ ސްކޫލްގެ މަތީ މަގާމު ތަކަށް ހޮވުނު ހުރިހާ ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވަވާފައެވެ. ސްކޫލް ޑެޕިއުޓީ ކެޕްޓަންގެ މަޤާމް ލިބުނީ ގްރޭޑް 6 އޭގެ ދަރިވަރު މާއިޒު މުޖުތަބާ މުހައްމަދު ދީދީ އަށެވެ އަދި ގޭމްސް ކެޕްޓަންގެ މަޤާމު ލިބުނީ ގްރޭޑް 6އޭގެ ދަރިވަރު އައިޝަތު މަންހާ އިކްލީލުއަށެވެ.

ރޭ ބޭއް ވި މި ރަސްމިއްޔާތުގައި ސްކޫލްގެ އެކިއެކި ހައުސްތަކުގެ އިސްމަޤާމުތަކަށާއި ކުލަބު އެސޯސިއޭޝަންގެ އިސްމަޤާމުތަކަށް އައްޔަން ކުރެވުނު ދަރިވަރުންނަށް މަޤާމުގެ ސޭޝް އާއި ޓެގު ހަވާލުކުރުންވެސް ކުރިއަށް ގެންދެވުނެވެ.

މިރަސްމިއްޔާތުގައި ޕްރިންސިޕަލް ނާޒްނީން ވަނީ ދަރިވަރުންގެ ލީޑަރ ޝިޕްގެ މުހިންމު ކަމާއި ގުޅޭ ގޮތުންނާއި ބެލެނިވެރިންގެ ޒިންމާ އާއި ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދެއްކަވާފައެވެ،

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އައްޑޫސިޓީ ކައުސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފެވެ. ޝަރަފުވެރި މެހުމާންގެ ވާހަކަފުޅުގައިވެސް ބޮޑަށް އަލި އަޅުވާލެއްވީ ދަރިވަރުންގެ ލީޑަރޝިޕް ކޮލިޓީގެ މައްޗަށެވެ.