English Edition
Dhivehi Edition

ލިޔުނީ : އާމިނަތު މަލްހާ ނަސްރުﷲ/ ހިތަދޫ ސްކޫލް

ޔޫ.އެން.ޑީ.ޕީ އިން ފަންޑު ދީގެން އައްޑޫ ވުމެންސް ޑިވެލޮޕްމެންޓް އިނީޝިއޭޓިވް އިން ކުރިއަށް ގެންދާ ރުއް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ރުއް އިންދާ އާލާކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ހިތަދޫ ސްކޫލް ގެ ގާރލް ގައިޑުންނަށް ސެޝަންތަކެއް ފަށައިފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ހިތަދޫ ސްކޫލް ގައެވެ. އަދި މި ސެޝަން ތަކުގައި މައުލޫމާތު ދެއްވާފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރައިން ރިސާރޗް ގެ ބޭފުޅުންނެވެ.

ރުއް އިންދާނެ ގޮތާއި ރުކައް ޖެހޭ ބަލިތައް އަދި މިނޫންވެސް ރުކާއި ބެހޭ މައުލޫމާތު ވަނީދަރިވަރުންނާއި ހިއްސާ ކޮށްފައެވެ. އަދި މައުލޫމާތު ދެވިފައިވާގޮތަށް ކުދިން ލައްވާ ރުއް އިންދުމުގެ ޢަމަލީ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ވުމެންސް ޑިވެލޮޕްމެންޓް އިނީޝިއޭޓިވް އިން އިންޓަވިއު ދެއްވަމުން ވިދާޅުވި ގޮތުގައި މިކަހަލަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ ރުކަށް ޖެހޭ ބަލިތަކާއި އެ ބަލިތަކުން ރުށްތައް ސަލާމަތް ކުރާނެ ގޮތް ކުދިންނަށް ދަސްކޮށްދިނުމަށެވެ. އަދި މިކަހަލަ ކަންކަމުން ކުދިންނަށް ލިބޭ މައުލޫމާތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ފަރާތުން ވިދާޅުވި އެވެ.

މި ޕްރޮގްރާމަކީ އަލަށް ފަށައިގެން ހިންގާ ޕްރޮގްރަމެއް ކަމާއި މި ފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި ވެސް ހިންގާނެ ކަމަށް އައްޑޫ ވުމެންސް ޑެވެލޮޕްމެންޓް އިނީޝިއޭޓިވް އިން މައުލޫމާތު ދެއެވެ.