English Edition
Dhivehi Edition

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތައިލައިފިއެވެ.

އިއްޔެ ދޫނިދޫގައި ނައްތައިލާފައިވަނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުގެ މައްސަލައަކާއި 2019 ވަނަ އަހަރުގެ ހަ މައްސަލައަކާއި އަދި އިތުރު 68 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ކަމަށް ފުލުހުންވަނީ ބުނެފައެވެ.ފުލުހުން ބުނީ އިއްޔެ ނައްތާލާފައިވަނީ މަސްތުވާތަކެތިހުރި 389 ރަބަރު ޕެކެޓާއި، 220 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި ދެ ދަޅުގެ އިތުރުން 35 މަނާބޭސް ގުޅައެވެ. މިތަކެތީގެ ޖުމްލަ ބަރުދަނަކީ 35،504.5949 ގްރާމް ހުރިކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ ވެބްސައިޓް ‘ ޕޮލިސް ލައިފް’ގައި ބުނެފައިވަނީ އިއްޔެ ނައްތާލިތަކެތީގެ ތެރޭގައި 2018 ވަނަ އަހަރުގެ 43 މައްސަލައަކާއި އަދި 2019 ވަނަ އަހަރުގެ 32 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ސާމާންތައް ހިމެނޭކަމަށެވެ. އޭގެ ތެރޭގައި 183 ފުޅި ބަނގުރަލާއި، 69 ބިއަރުދަޅާއި، ތިން ބިއަރު ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމްއެލް ގެ 936 ޕެޓް ފުޅިއާއި، ފަސް ލީޓަރުގެ ހަ ފުޅިއާއި އަދި 20 ލީޓަރުގެ 14 ޓައްޕުގައި ހުރި ތަކެތިވަނީ ނައްތައިލާފައެވެ.