English Edition
Dhivehi Edition

އިންޑިއާގެ ގަޒިއަބާދް ސިޓީގެ އަވަށަކަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް އިންޑިއާފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންއަންނަ ކުޑަކުއްޖާގެ ބައްޕަ ރާޖޭޝް “ޓީއޯއީ” އަށް މައުލޫމަތުދެމުން ބުނެފައިވަނީ، އޭނަގެ ދަރިފުޅު އަބިނަވް އަކީ އޮންލައިން ގޭމެއްކަމަށްވާ ޕަބްޖީ ކުޅުމަށް ދެވިހިފާފައިވާ ކުއްޖެއްކަމަށެވެ. އެހެންކަމުން ލަފާވަނީ އޭނަގެ ދަރިފުޅާ އޮޅުވާލައިގެން މީހަކު ވާހަކަދައްކައިގެން އޭނަގެ އިރުށާދު މަތިން ފިލީކަމަށް ވަރަށް ބޮޑަށް ބެލޭކަމަށެވެ.

މީގެ އިތުރުން އެކުއްޖާގެ ބައްޕައާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެކުއްޖާ ގެއިން ނިކުތީ ޕޮކެޓްމަނީ އަށް އޭނައަށް ދޭ ފައިސާއިން އެއްކޮށްފައިވާ 15000ރުޕީސް ހިފައިގެން ކަމަށެވެ. ދިއްލީގެ ސަރުކާރު ސްކޫލެއްގައި ޓީޗަރަކަށް އުޅޭ ރާޖޭޝް މިހާދިސާ ކިޔައިދެމުން ބުނީ އޭނަގެ ދަރިފުޅު ގެއިން ނިކުތީ މާރިޗު މަހުގެ 11 ވަނަދުވަހު ކަމަށާއި އޭގެ ފަހުން ގެއަށް އައިސްފައިނުވާ ކަމަށެވެ. އެދުވަހު އޭނަފެނޭތޯ ހޯދިނަމަވެސް އޭނަގެ ސައިކަލް ރޭލްވޭސްޓޭޝަނެއް ކައިރިއަށް އެއްލާލާފައި އޮތްވާ ފެނިފައިވާ ކަމަށް ރާޖޭޝް ބުނެފައި ވެއެވެ.

“އަހަރެން ގެއަށް އައީ ސްކޫލްގައި ހުރެފައި އައިއިރު އަނބިމީހާ އަދި އަނެއް ދަރުފުޅު ޓީވީބަލަން ސިޓިންގ ރޫމްގައި ތިބި. ނަމަވެސް އަބިނަވް ފެންނާކަށްނެތް. ދެން ގެއަށްނައިސް މާލަސްވުމުން އެނގުނީ ފިލާފައިވާކަން. އޭނަ ދިޔައީ އޭނަގެ މަންމަގެ ފޯނުވެސް ހިފައިގެން މިހާރު އެފޯނަކަށް ނުގުޅޭ. އޭނަވަނީ މީގެ ކުރިންވެސް ފިލައިގެން ގޮސް އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނި އާއިވެސް ބައްދަލުކޮށްފައި އަނބުރާ ގެއަށް އައިސްފައި. އެހެންވީމާ މިބަލަނީ މިފަހަރުވެސް އޭނަ އަނބުރާ އަންނާނެކަމަށް” ރާޖޭޝް ބުނެފައި ވެއެވެ.

މިހާދިސާތަހުޤީޤގު ކުރާފުލުހުން ދަނީ އަބިނަވް ގެ ލެޕްޓޮޕް ބަލައި އޭނަ އެންމެ ފަހުން ވާހަކަދައްކާފައިވާ މީހުން ބަލައި ހޯދަމުންނެވެ. އެގޮތުން ފުލުހުން ބުނީ އެންމެފަހުން އޭނަ ޕަބް-ޖީ އިން މީހަކަށްކޮށްފައިވާ މެސެޖްގައި ބުނެފައިވަނީ އެކިއެކި ސްކްރީން ނަންނަމުގައި އޭނާ އެމީހަކާ ވަހަކަ ދައްކާނެކަމަށެވެ.

މިހާރަކަށް އައިސް އޮންލައިން ގޭމްތަކުގެ އަވައިގައި ޖެހި އެތައް ބަޔަކުވަނީ ހަލާކުގެތެރެއަށް ވެއްޓިފައެވެ. އަދި ބައެއްކަހަލަ އޮންލައިންގޭމްތައް ކުޅޭ ކުދިންވަނީ އެގޭމްތައް ކުޅޭމީހުން ބުނާއެކިއެކި ކަހަލަ ކަންތައްކޮށްފައެވެ. މީގެތެރޭގައި ގެއިން ނިކުމެ ފިލުމާއި އަމިއްލައަށް މަރުވުންވެސް ހިމެނެއެވެ.

މިމައްސަލަ މިހާރު އިންޑިއާ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.