English Edition
Dhivehi Edition

ސައިން ލެންގުއޭޖް ބޭނުންކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާން ސަރުކާރުން ތައާރަފްކޮށް ރޭ ފައްޓަވައި ދެއްވައިފިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭން ޖެހޭ އަސާސީ މައުލޫމާތު ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު ރޭ ރައީސް ވަނީ ލޯފަން ކުދިންނަށް ބްރައިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދޭ ޕްރޮގްރާމްވެސް އިފްތިތާހުކޮށްދެއްވާފައެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ބައިވެރިވެފައެވެ. މިނިސްޓަރ ޒާހިދު ވިދާޅުވީ ތައުލީމް ހާސިލް ކުރުމަކީ ކޮންމެ ފަރުދެއްގެ އަސާސީ ހައްގެއް ކަމަށާއި ގައުމުތައް ކުރިއަރައި ތަރައްގީވެ، ހަޟާރާތްތައް ބިނާވެގެން ވަނީ އިލްމުގެ ސަބަބުން ކަމަށެވެ.

ލޯފަން ކުދިންނަށް ހާއްސަކޮށްގެން ބްރައިލް ތައާރަފް ކުރިއިރު މީގެ ސަބަބުން ފަސޭހަކަމާއެކު އެކުދީންނަށް ހާއްސަކޮށްފައިވާ ލިޔުންތައް ކިޔާލެވޭނެ އެވެ. ކަރުދާހުގައި އަކުރުތައް ލިޔުމުގެ ބަދަލުގައި، ބްރައިލްގައި ހުންނާނީ ތިކިތަކަކުން އަކުރުގެ ސިފަ ގެނެސް އެ ޕްރިންޓްކޮށްފަ އެވެ. އެހެންވެ އެ ތިކިތަކުގައި އަތްލުމުން، އެއީ ކޮން އަކުރެއްކަން އެނގޭނެ އެވެ.