English Edition
Dhivehi Edition

ރަށު މީހާއަށް ވުމުން ނުވަތަ އާއިލާ މީހާއަށް ވުމުން ވޯޓު ދޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އަލިފުށި ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރައްވާ ހުސައިން ރަޝީދު ހުސައިންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށު މީހަކު މަޖިލީހަށް ކުރިމަތިލާފައިވީ ނަމަވެސް، ރަށު މީހާއަށް ވޯޓް ދޭން ނުޖެހޭކަމަށާއި ބައެއް ކެންޑިޑޭޓުން ގެންދަވަނީ “ރަށު މީހާ ރަށަށް” “ދާއިރާގެ ދަރި ދާއިރާއަށް” ފަދަ ޝިއާރުތަށް ބޭނުންކޮށްގެން މަޖިލިސް ކެމްޕޭން ކުރައްވަމުންކަމަށް ނަޝީދު ވިދާޅުވިއެވެ.

“މިހާރު މިއުޅެނީ ރަށުމީހަކު ހޯދާކަށެއްވެސް ނޫން. މިއުޅެނީ ރަށުގައި ހުރި ރުކެއް އަޅާލާކަށެއް ނޫނޭ. މިއުޅެނީ ރަށު މީހެއް ހޯދާކަށް ނޫން، މިއުޅެނީކީ ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން. މިއުޅެނީ ކަނޑައެޅިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތާއި އަދި ޕާޓީގެ ނިޒާމާއި، ޕާޓީގެ އެއް މެންބަރަކު މިހާރު މުޙައްމަދު ރަޝީދު އަނގޮޅިތީމު މެންބަރެއްގެ ގޮތުގައި ހުންނަވާއިރު އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނަން އެހެން މެންބަރެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް އޭރަށްވެސް މަސައްކަތް ކުރެވޭނީ ޖުމްލަކޮށް، އެހެންވީމަ ވިސްނަވާފަ މިކަން ކުރައްވާން ޖެހޭނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.