English Edition
Dhivehi Edition

ނިއު ޒީލެންޑުގައި ބަޑި ގެންގުޅުމުގެ ޤާނޫނު ބަދަލުކުރަން އެޤައުމުގެ ކެބިނެޓުން ނިންމައިފިއެވެ. ނިއުޒިލޭންޑުގެ ގާނޫނު ހަދާ މަޖިލީހުން އެގޮތަށް ނިންމެވީ މިދިޔަ ހުކުރު ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހު ނިޔުޒިލޭންޑް ގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ނާތަހުޒީބު ހަމަލާ އެވެ.

މިހަމަލާގައި ބަޑި ބޭނުން ކޮށްގެން ހަމަލާދީ މީހުން މަރާލި އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ކެބިނެޓު ބައްދަލުވުމަށްފަހު، ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވީ، ބަޑި ގެންގުޅުމުގެ ގާނޫނުތައް ހަރުކަށިކޮށް ގެންނަން އެއްބަސްވި އިސްލާހުތައް އަންނަ ހޯމަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.