English Edition
Dhivehi Edition

މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ލަލީގާގައި ރޭ ރެއަލްބެޓިސްއާ ވާދަކޮށް ބާސާ މޮޅުވެއްޖެއެވެ. ބާސާ ކެޕްޓަން މެސީގެ ފަރާތުން ހެޓްރިކެއް ފެނުނު މިމެޗުން 1-4 ގެ ނަތީޖާއަކުން ބާސާ މޮޅުވިއިރު ބާސާގެ އިތުރު ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. ރެއަލްބެޓިސްގެ ލަނޑު މެޗުގެ 82 ވަނަ މިނަޓްގައި ޖަހައިދިނީ މޮރޯންއެވެ.

މޮޅު ކުޅުމުގެ ސަބަބުން މެސީއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ރެއަލްބެޓިސްގެ ސަޕޯޓަރުންވަނީ މެސީގެ ކޮންމެ ލަނޑަކަށްފަހު މެސީގެ ނަމުން މުޅި ސްޓޭޑިއަމް ގުގުމާލާފައެވެ. އަދި މެސީގެ ހެޓްރިކަށްފަހު ކޮޅަށް ތެދުވެ އެންމެން އެއްއަޑަކުން މެސީގެ ނަމުން ގޮވާ އަތްޖަހަމުންދިޔައިރު މިކަހަލަ ކަމެއްއަދި ހަޔާތުގައި ދިމާވެފައިނުވާކަމަށާއި ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރުއަދާކުރާކަމަށް މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން މެސީ ބުނެފައިވެއެވެ.

ރޭގެ ހެޓްރިކަކީ 31 އަހަރުގެ ލިއޮނަލް މެސީ ލަލީގާގައި ހެދި 33 ވަނަ ހެޓްރިކެވެ.
ރޭގެ މޮޅާއެކު 10 ޕޮއިންޓްގެ ތަފާތެއްގައި ބާސާ އޮތީ 28 މެޗުން ލިބުނު 66 ޕޮއިންޓާއެކުގައެވެ. ދެވަނަގައި 56 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ރެއަލްމެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކުގައެވެ.