English Edition
Dhivehi Edition

އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ސިރޫ އާޓްސްގެ ފޭސްބުކް ޕޭޖް، ފޭސްބުކް އިން ރިމޫވް ކޮށްލައިފިއެވެ.

ފޭސްބްކް އިން ކަނޑައަޅާފައި އޮންނަ ހަމަތަކާއި އުސޫލުތަކަށް ނުފެތޭ ޕޭޖްތައް އަބަދުވެސް ރިމޫވްކުރަމުންދާކަމަށް ފޭސްބުކް އިން ބުނެފައިވާއިރު ސިރޫ އާޓްސްގެ ނަމުގައި މިހާރުވަނީ އަނެއްކާވެސް އާ ޕޭޖެއް ހަދާފައެވެ.

“ސިރޫ އާޓްސް”ގެ ނަމުގައި ފޭސްބުކް ޕޭޖް ހިންގަމުންދާ މުހައްމަދު ސިރުހާން ވަނީ ވަރަށް ފަހުން ފުލުހަށްވެސް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުކުރި މައްސަލައިގައި ސިރުހާން ބުނެފައިވަނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަދައިން ރާއްޖޭގެ ދީނީ ހަމަނުޖެހުމަށް ހުރަސްއެޅޭ ފަދަ ވާހަކަތައް ޕްރޮމޯޓްކުރާ މީހުން ވެސް އެތަނަށް ހާޒިރުކޮށް ހިފައި ހައްޔަކުރަން ޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް އިސްލާމްދީނާއި ދެކޮޅަށް ގިނަ އަދަދެއްގެ ފޭސްބުކް ޕޭޖްތައް ހިންގަމުން އަންނައިރު، ފުލުހުންވަނީ ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސް މީޑިއާގައި ނުދެއްކުމަށް އިލްތިމާޒްކޮށްފައެވެ.