English Edition
Dhivehi Edition

ސަރުކާރުގެ 100 އިންސައްތަ އާއި އެކު ރާއްޖޭގައި ސަރުކާރުން އާ ބޭންކެއް މާދަމާ ހުޅުވަން ނިންމައިފިއެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެގެ ނަމުގައި ހުޅުވާ މި ބޭންކުގައި ސިޓީ ކައުންސިލުތަކުގެ ފަސް އިންސައްތަ ހިއްސާވެސް ހިމެނޭނެއެވެ.

އެކުންފުނި މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބި، މާލީ ދާއިރާގައި ވާދަވެރިކަން އުފެދޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މާދަމާ ނޭޝަނަލް އާޓް ގެލަރީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެސްއެމްއީ ބޭންކުގެ ހިދުމަތް އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ރައީސް ސޯލިހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމެކެވެ.