English Edition
Dhivehi Edition

މިލަޕް މިލަން ޒާވޭރީ ޑައިރެކްޓްކުރާ ފިލްމް “މަރުޖާވާ” ގެ ޝޫޓިން ނިންމައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 2 ރިލީޒް ކުރަން ނިންމައިފިއެވެ. މިއީ ޓީ ސީރީޒުން މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރި ފިލްމެކެވެ.

މި ފިލްމަކީ މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ ޖޯން އަބްރަހަމްގެ “ސަތިޔަމޭވް ޖަޔަތޭ” ގެ ޑައިރެކްޓަރު މިލަޕް މިލަން ޒާވޭރީ ޑައިރެކްޓް ކުރާ ފިލްމެކެވެ. “މަރުޖާވާ” ގެ ތަރިންނަކީ ސިދާތު މަލްއުތުރާ، ރަކުލް ޕްރީތު ސިންގް އަދި ރިތޭޝް ދޭޝްމުކެވެ.

ރިތޭޝް ފިލްމުގައި ފެނިގެން ދާނީ އިސްކޮޅުން ކުރު ވިލަންއެއްގެ ރޯލުންނެވެ. “މަރުޖާވާ” އަކީ، އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ “ސްޓޫޑަންޓް އޮފް ދި އިޔާ 2” އިން ބޮލީވުޑަށް ތައާރަފުވާ ތާރާ ސުތާރިއާގެ ދެވަނަ ފިލްމެވެ.
ސިދާތާއި ރަކުލް ކުރިން ވަނީ މިދިޔަ އަހަރު ރިލީޒް ކުރި “އައްޔާރީ” ގައި މަސައްކަތްކޮށްފަ އެވެ.