English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީއަކީ ކިތަންމެ ނިކަމެތި ޕާޓީއެއް ކަމުގައިވިޔަސް، ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީ ގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޕާޓީގެ ބައެއް މެމްބަރުން ދައްކަމުންދާ ވާހަަކަތަކާއި ގުޅިގެން ގާސިމް ވަނީ އެ ފަރާތްތަކަށް ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި ރައްދު ދެއްވާފައެވެ.ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ ‘ބުރަކަށި މަތިން’ނާއި ޕާޓީ އަށް ‘ސަވާރުވެގެން’ ހުންނެވީމަ ކަމަށެވެ. އެހެންކަމުން އިހްލާސްތެރިވުމަކީ ތެދުވެރިވުމަކީ، އަމާނާތްތެރިވުމަކީ އިންސާނިއްޔަ ވަންތަކަމަކީ ނިކަމެތި ޖޭޕީ އަށް ހިދުމަތްކޮށް ދިނުމާއި ޖޭޕީ ނިކަމެތި ވާނެ ކަމެއް ނުކުރެއްވުންކަމަށް ގާސިމް ވިދާޅުވިއެވެ.

މީގ އިތުރުން ގާސިމް ވަނީ ޖޭޕީގެ ފަރާތުން މަގާމެއްގައި ހުންނެވި ކޮންމެ ބޭފުޅަކުވިޔަސް، އެ މަގާމެއްގައި ހުންނެވުމުގެ ބޭނުމުގައި ޖޭޕީން ވަކިވެވަޑައިގަންނަވާ ނަމަ، ފުރަތަމަ ކުރައްވަންވީ ކަމަކީ އިސްތިއުފާ ދެއްވުން ނޫންތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

ގާސިމް މި ގޮތަށް ވާހަކަދައްކަވާފައިވާއިރު، އެ ޕާޓީގެ ރައީސް އަލީ ވަހީދު އާއި ގާސިމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ވަނީ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޖޭޕީގެ ގިނަ މެމްބަރުންވަނީ މަޖިލީސް އިންތިހާބުގައި ޖޭޕީއިން ޕީޕީއެމް، ޕީއެންސީ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ގާސިމް ނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.