English Edition
Dhivehi Edition

ރާއްޖެއަށް ފުރަތަމަ ފަހަރަށް ކަރަންޓް ޗާޖް ކުރެވޭ، އިލްކްޓްރިކް މިނީ ބަސް ގެންނަން އެމްޓީސީސީން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މާލޭގައި މިނީ ބަސް ދަތުރު ކުރުމުގެ ގޮތުން ގެންނަން މަސައްކަތް ކުރަނީ ތެޔޮ އަޅަން ނުޖެހޭ ކަރަންޓް ޗާޖް ކުރެވޭ، އިލްކްޓްރިކް މިނީ ބަސް ކަމަށެވެ.

ޝާހު ވިދާޅުވީ، މާލެއަށް އިލެކްޓްރިކް ބަސް ގެނައުމުގެ ގޮތުން ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ބަސް ދަތުރުތައް ސީދާ ފެށޭނެ ދުވަހެއް ބުނަން ނޭގެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއަށް އިލެކްޓްރިކް ބަސް ގެންނަން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތިމާވެއްޓާ ބެހޭ ސިޔާސަތުގެ ދަށުން، ތަރައްގީގެ ކަންތަށް ވިހާވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރުމަށް ކަމަށެވެ.