English Edition
Dhivehi Edition

ދިވެހި ފުލުހުންގެ މުއައްސަސާ އިން “ވަގުތު” އާއި މެދު ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ އެ ނޫހުން އެ މައްސަލް އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން އައްޔަން ކުރައްވާފައި ހުންނަ ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ ޚައްޤުތައް ކަށަވަރު ކޮށްދޭ މިންވަރު ބަލާ މަންދޫބު ޑޭވީޑް ކާޔޭގެ ސަމާލުކަމަށް ގެނެސްފިއެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު “ވަގުތު” އަށް ހުރަސް އަޅަމުންދާކަމަށް ބުނެ އެ ނޫހުން ޑޭވީޑް ކާޔޭއަށް ވަނީ އެކަމުގެ ތަފްސީލާއެކު މެއިލެއް ކޮށްފައެވެ. އެ މެއިލްގެ ޖަވާބްގައި އދ.ގެ މަންދޫބުގެ އޮފީހުންވަނީ “ވަގުތު” ގެ ޝަކުވާ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅިގެން އޮންނަ އުސޫލުގެ ދަށުން އެއޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

‘ވަގުތު’އިން ބުނީ މާޗް މަހުގެ 03 ވަނަ ދުވަހުން ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން އެ ނޫހުގެ ނޫސްވެރިން ބޭރުކޮށްލާފައިވާކަމަށެވެ. އަދި ރޭ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ އެ ނޫހުގެ ނޫސްވެރިން ފޯން ނަމްބަރު ބްލޮކްކޮށް ނޫހަށް އަށް މައުލޫމާތު ދިނުން ހުއްޓާލާފައިކަމަށްވެސް ވަގުތުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ‘ވަގުތު’ އިން އިޒްމިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު އަދި މިކަމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ޓެގު