English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ، އިދާރީ އަންހެން މުވައްޒިފުންނަށް ވެސް ވިހެއުމާ ގުޅިގެން މުސާރައާ އެކު ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް މިއަދު ނިންމައިފިއެވެ. މަޖިލީހުން މިއަދު މިގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ އިތުރުކޮށްފައިވާއިރު ރައީސް ޞޯލިހު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުން ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާ ގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވައިފަ އެވެ.

ސަރުކާރުގެ ގިނަ އިދާރާތަކުން މިހާރު ވަނީ ވިހެއުމާއި ގުޅުގެންދޭ ޗުއްޓީ އިތުރުކޮށްފައިއެވެ. ވިހެއުމާ ގުޅިގެން މީގެ ކުރިން ދެމުން އަންނަނީ، ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި ކުރިން ލިބެމުން އައީ ތިން ދުވަހެވެ.