English Edition
Dhivehi Edition
ފެބްރުއަރީ އަށް ވަނަ ދުވަހު މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖަހައި އަންދާލާފައި ----

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާކުރި އެމްޑީޕީގެ 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

އިއްޔެ ޕީޖީ އަށް މި މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އާ އުސޫލުގެ ތެރެއިން ރިވިއުކުރުމަށްކަމަށް އެމްޑީޕީއިންވަނީ ބުނެފައެވެ.އޭރު ވެރިކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އައްޑޫ އާއި ގދ. ތިނަދޫން 94 މީހެއްގެ މައްޗަށްވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. މީގެ އިތުރުން ލ. އިސްދޫން ހަތަރު މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފައެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާހއ. އިހަވަންދޫގެ 22 މީހަކާއި، އެ އަތޮޅު ދިއްދޫޫން8 މީހަކާއި ރ. އަލިފުށިން އަދި ބ. ތުޅާދޫން 4 މީހަކަށްވަނީ ކޮށްފައެވެ. މީގެ ތެރެއިން ބައެއް މައްސަލަ ޖޫރިމާނާ ކޮށް ނިންމާލާފައިވާއިރު ބައެއް ދައުވާތައް ވަނީ އަބުރާ ގެންގޮސްފައެވެ.

އެމްޑީޕީ ސަރުކާރު ފެބްރުއަރީ 08ވަނަ ދުވަހު ބަދަލުވުމާ އެކު އައްޑޫގައި ހިންގި ހަމަ ނުޖެހުމުގައި ޕޮލިސް ސްޓޭޝަންތަކާ ކޯޓުތައް އަންދާލާފައިވާއިރު އޭރު އެ މައްސަލައިގައި ދައުލަތުން ދައުވާކުރި އައްޑޫ 31 މީހަކުވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.