English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު އެކަން ފޮރުވުމަށް އެ ފިރިހެންމީހާ އެ ކުއްޖާއާއި ކައިވެނި ކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ އަވަށެއްގައި ދިރި އުޅެމުން އަންނަ 32 އަހަރުގެ ގަންގާރަޖު ނަމަކަށް ކިޔާ މިމީހާ ރޭޕްކޮށްފައި ވަނީ އޭނަގެ 23 އަހަރުގެ އަނބިމީހާގެ ދައްތަގެ ކުއްޖެކެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން އެކުއްޖާ ގަންގާރަޖު ގެ ގެއަށް ގޮސްފައިވަނީ އޭނަގެ ދައްތަކައިރިއަށް ޗުއްޓީ އަކަށެވެ. އެގޭގައި އެކުއްޖާ އުޅެމުން ދަނިކޮށް ގަންގާރަޖް ވަނީ އެތައްފަހަރަކު އެކުއްޖާ ރޭޕްކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގަންގާރަޖު އެކުއްޖާ ރޭޕް ކުރަމުން އައިކަން އެނގުމުން އޭނަގެ އަނބިމީހާވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފާނެތީ ފިރިމީހާ އެކުއްޖާ އާއި ކައިވެނި ކުރުވާފައެވެ.

މިހާދިސާ މިހާރު ޗައިލްޑް ހެލްޕް ލައިންއަށް އަވަށުމީހުން ވަނީ ހުށަހަޅާފައެވެ. ޗައިލްޑް ހެލްޕް ލައިން އިން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އެގެއަށް ގޮސް ސުވާލުކުރުމުން އެކުއްޖާ ވަނީ އެކަން ދޮގުކޮށްފައެވެ. އެއަވަށު މީހުން ބުނާގޮތުގައި އެކަން އެކުއްޖާ ދޮގުކުރީ އޭނައަށް އެދެމަފިރިން ބިރުދައްކައިފައިވާތީއެވެ.

ނަމަވެސް އެމައްސަލަ އެއަވަށު އިތުރުބަޔަކު ހުށަހެޅުމާއި އެކު ފުލުހުންނާއި ކައުންސެލަރ އަދި ލީގަލް އެޑްވައިޒަރަކު ގޮސްވަނީ ފަހުން އެކުއްޖާ އާއި އެކަހެރިކޮށް ބައްދަލުކޮށް ސުވާލުކޮށްފައެވެ. މިހާދިސާ ތަހުގީގު ކުރާފުލުހުން ބުނީ އެކުއްޖާ ވަނީފަހުން ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދީފައެވެ. އަދި މިހާރު ފުލުހުންވަނީ އެކުއްޖާގެ ބައްޕަ މިމައްސަލަ ބަލައިދިމުނަށް އެދުމުން ގަންގާރަޖު އާއި އޭނަގެ އަނބިމީހާ ހައްޔަރުކޮށް ތަހުޤީޤު ފަށާފައެވެ.

އިންޑިއާ ފާހަގަވެފައިވަނީ މުޅިދުނިޔޭގައިވެސް އެންމެ އަންހެނުންނަށް ނުރައްކާ ޤައުމުގެ ގޮތުގައެވެ. ދާދި ފަހުން ހަދާފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުވަހަކު 5 އަންހެނުން އިންޑިއާގައި ރޭޕްކުރާކަމަށެެވެ.