English Edition
Dhivehi Edition
ޑރ ޑީޑީގެ ބައްޕަ އަބްދުﷲ ނަހީފް: ފޮޓޯ ވަގުތު

ރޭ ފަތިހު މާލޭގައި އިމާރާތަކުން ވެއްޓި ނިޔާވެފައިވައިނީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ.އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ ، ސ.ހުޅުދޫ ބަހާރީވިލާ އަބްދުﷲ ނަހީފް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އުމުރުން 97 އަހަރުގެ އަބްދުﷲ ނަހީފް އަވަހާރަވީ ޑރ.ޑީޑީ އާއި އާއިލާގެ އެހެން ބޭފުޅުން ވެސް ދިރިއުޅުއްވާ ގ.ދަތުގެ ހަ ވަނަ ބުރިން ވެއްޓިގެންނެވެ. ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:00 ޖަހާކަންހާއިރު، އަބްދުﷲ ނަހީފް ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފަައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަބްދުﷲ ނަހީފްގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އަބްދުﷲ ނަހީފްގެ މަރާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.