English Edition
Dhivehi Edition

116 އަހަރުގެ ކޭން ތަނަކާ ދުނިޔޭގެ އެންމެ ދުވަސްވީމިހާގެ ލަގަބު ހޯދައި ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. ޖަޕާނުގެ އިރުދެކުނު އަވަށެއް ކަމަށްވާ ފުކޮއޮކާގައި ދިރިއުޅޭ ކޭން ތަނަކާ އެންމެ ކުޅޭ ހިތްވާ ކުޅިވަރަކީ އޮތެލޯއެވެ. ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދި ކޭން ތަނަކާ އަށް މިހާރު ވަނީ އެވޯޑްވެސް ދީފައެވެ.

ރަސްމިއްޔާތެއްގައި 116 އަހަރު ކޭން ތަނަކާ އަށް މި އެވޯޑް ދިންއިރު އޭނާގެ އާއިލާ މީހުންނާއި އެނާ ދިރިއުޅޭ ސިޓީގެ މޭޔަރު ބައިވެރިވިއެވެ. ތަނަކާ އުފަންވީ 1903 ވަނަ އަހަރު ޖަނަވަރީ 2 ގައެވެ. އޭނާގެ އެއްބަނޑު އެއްބަފާ 8 ބެއިން ތިބެއެވެ. 1922 ގައި ތަނަކާ އާއި ހިޑެއޯ ވަނީ ކައިވެންޏެއް ކޮށް މިދެމީހުންނަށް ވަނީ ހަތަރު ކުދިންވެސް ލިބިފައެވެ. އަދި އެއްކުދި އެޑޮޕްޓް ވެސް ކުރިކަމަށް ވެއެވެ.

ތަނަކާ ކޮންމެ ދުވަހަކުވެސް 6 ޖަހާއިރު ތެދުވެ ހިސާބު ދަސްކުރާކަމަށް ވެއެވެ. ކުރީގައި އެންމެ އުމުރުން ދުވަސްވީ މިހާގެ ލަގަބުހޯދީވެސް ޖަޕާނަށް ނިސްބަތްވާ މީހެކެވެ. ޗިޔޯ މިޔަކޯ މަރުވިއިރު އޭނާގެ އުމުރަކީ 117 އަހަރެވެ.