English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލަށް ބޭނުންވާ ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށް ފިއުލްސަޕްލައި މޯލްޑިވްސް އާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ފިއުލްސަޕްލައި މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމްއެވެ. ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

މިއެއްބަސްވުމުގެ ސަބަބުން މަސައްކަތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލބިގެންދާނެ ކަމަށާއި ތެޔޮ ގަތުމަށް މިހާރު ކައުންސިލުން ކުރަމުންދާ ޚަރަދު ކުޑަވެގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ މިހާރު ކައުންސިލްގެ އިދާރާއަށް ތެޔޮ ގަންނަނީ ވަރަށް އަގު ބޮޑުކޮށް ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ކައުންސިލްގެ އިދާރާއަށް ބޭނުންވާ ޑީސަލް، ޕްޓްރޯލް، ކަރާސީނު އަދި ތެލުގެ އެހެނިހެން ބާވާތްތައް 7 މާރިޗު 2019 ފެށިގެން 1 އަހަރުގެ މުއްދަތަށް ކްރެޑިޓް އުސޫލުން ފިއުލްސަޕްލައި މޯލްޑިވްސްއިން ކައުންސިލަށް ފޯރުކޮށްދޭނެއެވެ.