English Edition
Dhivehi Edition

ޕްލާޕްސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި ރާއްޖޭގެ ހައިކޯޓުން ބައިވެރިވެއްޖެއެވެ. ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންއެވެ.

ޕްލާސްޓިކް މަދު ވެއްޓެއް ރާއްޖެ ހެދުމަށް ފަށާފައިވާ މި ހަރަކާތް މިހާރު ފުޅާވެގެން ގޮސް ސަރުކާރުގެ ގިނަ އިދާރާތަކުން ދަނީ ބައިވެރިވަމުންނެވެ.އި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ފަށްޓަވާފައިވާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބައިވެރިވި ބައިވެރިވުން އުފަލާއި އެކު ފާހަގަ ކުރެއްވިއެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިފުތިތާޙު ކުރުމުގެ ގޮތުން، ހައިކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި ތިން މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަވާލުކުރައްވާފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންމެ ދުވަސްވީ މުވައްޒަފު، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ މަރްޔަމް ރަޝީދާ އަށާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު ނީޝާ އަދި، އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ނާހިދާއަށް ބިއްލޫރިފުޅި ހަވާލުކޮށްދެއްވީ އިސްފަނޑިޔާރު ޝުޖާޢު އުސްމާންއެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި މިހާރުވަނީ ހަވާލުކުރެވިފައެވެ.

ދާދިފަހުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީންވެސް ވަނީ މި ޕްރޮގްރާމް ގައި ބައިވެރިވެފައެވެ.