English Edition
Dhivehi Edition

11 ބައިވެރިންނާއެކު ފުޓުބޯޅަ ބޭސިކް ރެފްރީ ކޯސް އައްޑޫގައި ފަށައިފި އެވެ. މި 11 ބައިވެރިންގެ ތެރޭގައި ހިމެނެނީ 7 ފިރިހެން ބައިވެރިންނާއި 4 އަންހެން ބައިވެރިންނެވެ. މިއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް އެފް.އޭ.އެމް އިން 2019 ވަނަ އަހަރު އައްޑޫ ގައި ހިންގާ ފުރަތަމަ ބޭސިކް ރެފްރީ ކޯހެވެ.

މިކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާއިލީ ޖެނުއަރީ 27 ހުން 19 ފެބްރުއަރީގެ ނިޔަލަށެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަޖެހިފައިވަނީ 01 މާރިޗުން 07 މަރިޗް 2019 ގެ ނިޔަލަށެވެ.

މި ކޯހުގައި ބައިވެރިވާ 18 އަހަރާއި 25 އަހަރުގެ ކުދިންގެ އަތުން އެއްވެސް ފިއެއްނުނަގައެވެ. އެހެން ނަމަވެސް 25 އަހަރުން މަތީގެ ފަރާތެއްނަމަ 1500 ދިވެހި ރުފިޔާ ނެގުމަށް މި ކޯސް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ނިންމާފައެވެ.

މި ކޯހުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައިގެ ފޯރި އިތުރުވެ ފުޓުބޯޅަ ރެފްރީ އަކަށް ނުވަތަ އެދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވިގެން ދާނެއެވެ.