English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ތަކެއް އައްޑޫ ސިޓީ ހިތަދޫއިން ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ފެނިފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26ވަނަ ދުވަހުގެ 13:45 ހާއިރު ހިންގި މިއޮޕަރޭޝަންގެ ތެރެއިންކަމަށެވެ.

އެގޮތުން އެރަށުގެ ފަޅު ގެއެއް ބަލައިފާސްކުރި އިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަަށް ބެލެވޭ ސަމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ހަމެއް އެ ގޭތެރޭން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

މިމައްސަލަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.