English Edition
Dhivehi Edition

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެވަނަލެގާއި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ވާދަވެރި ރެއާލް މެޑްރިޑް ކުރިމަތިލާއިރު މިރޭގެ މެޗުގައި ކުޅޭނީ ފައިންލެއް ކަމަށް ދެކިގެން ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ސްޕެނިޝް ކަޕްގެ ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި 1-1 އިން އެއްވަރުވިއިރު، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރު ވާއިރު މިރޭގެ މެޗު 0-0 ލަނޑުން އެއްވަރު ކޮށްގެން ވެސް ރިއަލްއަށް ފައިނަލަށް ދެވެނޭއެވެ.

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރެއާލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ބާސެލޯނާ މިރޭ ކުޅޭއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި ރެއާލާ ދެކޮޅަށް އަނެއްކާ ކުޅޭނެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމުގެ ތެރޭގައި ހިމެނޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން މިރޭގެ މެޗުގައި ވާދަ ކުރާއިރު ވަލްވަޑޭ ބުނީ ބާސެލޯނާއިން މިރޭގެ މެޗާއި ކުރިމަތި ލަނީ މެޗުން މޮޅުވެ މި މުބާރާތް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބުކުރުމަށް ކަމަށެވެ.

މި މެޗަށް ނުކުންނައިރު ވަލްވޭޑޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލިއޮނަލް މެސީ ރަނގަޅު ފޯމެއްގައި ހުރުމުގެ އިތުރުން އެ ޓީމުގެ ފަހަތަށް ކުޅޭ ސެމިއުލް އުމްޓީޓީ ވެސް އަނިޔާއިން އެއްކޮށް ރަނގަޅުވުމެވެ.

ސްޕެނިޝް ކަޕްގައި މިދެ ޓީމް ކުޅޭއިރު މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށްލާފައިވާތީ އޭނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީގެ ވާދަވެރިކަން ފަނޑުވެ، އެލް ކްލަސިކޯގެ ފޯރި ވެސް ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ.