English Edition
Dhivehi Edition

ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް އަދި އިތުބާރުނެތްކަމުގެ ވޯޓް ނެގިޔަސް، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި، އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރުވޭނެކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލަ ،މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުބެލޭނެ ކަމަށް ނިންމުމުން މުގައްރިރުކަމުން ރޮޒައިނާ އާދަމް ވަކިކުރުމަށް އެދި ޕްރޮގްރެސިވް ކޯލިޝަނުން ހުށަހެޅުމާއި ގުޅިގެންނެވެ.

ރޮޒައިނާ ވިދާޅުވީ ޝަރިއްޔަތުގައި އޮތް މައްސަލައަަކާއި ގުޅިގެން މަޖިލީހުގަ މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށާ ކުރިންވެސް މަޖިލީހުގައި ކަންކަން ކޮށްފައިވަނީވެސް އެގޮތަށްކަމަށެވެ.

ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް އަދި އިތުބާރުނެތްކަމުގެ ވޯޓް ނެގިޔަސް، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި، އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރުވޭނެކަމަށް ރޮޒޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ހައްޔަރުކުރި މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕީޖީއާއި ސީޕީ ހާޒިރުކުރުމަށް ހުށައެޅި މައްސަލަ ބެލޭނީ ކައުންސެލާރ ޖެނެރަލް ލަފާ ދެއްވުމުންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

View image on Twitter

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ނިންމުން، އެ ކޮމެޓީގެ މުގައްރިރުކަމުން ރޮޒައިނާ ވަކިކުރުމަށް ހުށައަޅާފައިވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.