English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހުރަސް އެޅުއްވުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި އާދަން ޝަރީފް މިހެން ވިދާޅުވީ އީއެ އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅު ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓުން ކެމްޕެއިން ކުރުން ވެސް މެދުކަނޑާލުމަށްފަހު މިވަގުތު ތިބީ ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށާއި އެގޮތުން އެ ބޭފުޅުންގެ ހުރިހާ ވަގުތަކާއި ހަކަތައެއް މިވަގުތު ހޭދަކުރަމުންދަނީ އެ މަސައްކަތަށް ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރެވެންދެން އެބޭފުޅުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނަން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަންވެސް ކުރައްވަމުންގެންދަވާ ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބާ ކުރިމަތިލާއިރު ގިނަ ގޮންޖެހުންތަކެއް އެ ކޯލިޝަނަށް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާ އެކުވެސް މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.