English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އާއި އިންޓަ މިލާން ބައްދަލު ކުރި މެޗު 3-3 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ.

ރޭގެ މިނަތީޖާ އާއި އެކު ލީގުގެ ތިން ވަނާގައި އޮތް އިންޓަ މިލާން 2 ޕޮއިންޓަށް ކާއިރި ކޮށްފައިވާއިރު އިންޓަ މިލާން ތިންވަނާގައި އޮތީ 47 ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި އޮތް އޭސީ މިލާނުން ވަނީ މި ހަފްތާގައި ކުޅުނު މެޗު ކާމިޔާބުކޮށް 45 ޕޮއިންޓް ހަމަކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް އެއް ވަނައިގައި އޮތީ 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް ނަޕޯލީ ވަނީ ރޭ ރަށުން ބޭރުގައި ޕާމާ އަތުން 4-0 އިން މޮޅުވެފަ އެވެ.

ފްލޮރެންސްގައި ކުޅުނު މެޗުގެ 16 ވަނަ ސިކުންތުގައި އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑުން ފިއޮރެންޓީނާ އަށް ލީޑު ލިބުނެވެ. އޭގެ ފަހުން އިންޓަ އިން ފަހަތުން އަރައި ކުރި ހޯދީ މަތިއަސް ވެޗީނޯ އާއި މަޓެއޯ ޕޮލިޓާނޯ ޖެހި ގޯލްތަކާއި އިވާން ޕެރިސިޗް ކާމިޔާބުކުރި ޕެނަލްޓީންނެވެ. ފިއޮރެންޓީނާގެ އެޑިމިލްސަން ފެނާންޑެޒްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއާ މެދު ސުވާލު އުފެދެ އެވެ. އޭގެ ފަހުން ފިއޮރެންޓީނާގެ ލުއިސް މުރިއެރްގެ ގޯލް ޖަހައި ތަފާތު ކުޑަކޮށްފައިވަނިކޮށް އެއްވަރުކުރީ ފަހު ވަގުތު ލިބުނު، ސުވާލު އުފެދޭ ފަދަ ޕެނަލްޓީއަކުންނެވެ.