English Edition
Dhivehi Edition

ދަރިންނަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ބައެއް މީހުންނަށް ފިރިހެން ކުދިން ލިބޭއިރު އަނެއްބައި މީހުންނަށް ލިބެނީ ހުސް އަންހެން ކުދިންނެވެ. ބައެއް މީހުންނަށް ދެޖިންސުން ކުދިން ލިބޭއިރު އަނެއްބައި މީހުންނަކީ މި އުފަލުން ކޮންމެވެސް ސަބަބަކާހުރެ މަހްރޫމް ވެފައިވާ މީހުން ނެވެ. އަދި ބައެއް މީހުންނަށް އެއްފަހަރަކާ ދެތިންކުދިން އަދި އެއަށްވުރެ ގިނައިން ވެސް ކުދިން ލިބިފަ އެބަ ހުއްޓެވެ. ދާދި ފަހުން އިރާގުގެ އަންހެނަކަށް މިވަނީ އެއްފަހަރަކާ 7 ކުދިން ވިހާފައެވެ.

ހަމަކަށަވަރުން ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އަދި ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ އިރާގަށް ނިސްބަތްވާ މި އަންހެން މީހާ ވިހި ހަތް ކުދިންނަކީ އެ ގައުމުގައި މިވަރަށް ގިނަ ކުދިން އެއްފަހަރަކާ ވިހި ފުރަތަމަ ފަހަރު ކަމަށެވެ.

25 އަހަރުގެ މި އަންހެން މީހާ ވިހީ 6 އަންހެންކުދިންނާއި 1 ފިރިހެން ކުދިންނެވެ. އެއަވަށުގެ މީޑިޔާއިން ވަނީ އެ ކުދިންގެ ފޮޓޯތައް އާންނުކޮށްފައެވެ. ހޮސްޕިޓަލުން ބުނީ އަންހެން މީހާ ވިހީ ކަމަށާއި އެކަމުގައި އެއްވެސް އުނދަގުލެއް ފާހަނގަ ނުކުރެވޭ ކަމަށެވެ. އަދި ވިހެއުމަށް ފަހުގައިވެސް ކުދިންނާއި މަންމަގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ނަމަވެސް ދުވަސްނުފުރާ ކުދިން ވިހެއުމުގެ ސަބަބުން ކުދިންގެ ބައެއް ގުނަވަންތައް ހުރީ ރަނގަޅަށް ނުއުފެދޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. އޭގެ ސަބަބުން ހަތް ކުދިންގެ ތެރެއިން ހަ ކުދިން މަރާ ހަނގުރާމަ ކޮށް ދުނިޔެ ދޫކޮށްފައިވާކަމަށް އެކުދިންގެ ބައްޕަ ސޯޝަލް މީޑިއާގައި ކުދިން ގެ ފޮޓޯއާއި އެއްކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.