English Edition
Dhivehi Edition

އިޓާާާާލިއަން ލީގުގައި ރޭ ކްރިޒްޓޮފް ޕިއޮންޓެކް އެސީ މިލާނަށް ބަދަލުވުމަށް ފަހު ހަ މެޗުން ޖެހި ހަތް ވަނަ ގޯލާ އެކު އެނާ ވިދާލިއރު އެމްޕޮލީ އަތުން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ ހަތަރު ވަނައިގައި މަގާމް ވަރުގަދަކޮށްފި އެވެ.

އިޓާލިއަން ލީގުގައި ރޭ އެމްޕޮލީއާއި ކުޅުނު ފޯރިގަދަ މިމެޗު އަމިއްލަ ދަނޑުގައި މިލާން މޮޅުވީ 3-0 ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މިސީޒަންގައި ވަރުގަދަ ޓްރާންސްފާތަކާއި އެކު ސީޒަނާއި ކުރިމަތިލ މިލާން މިވަގުތު އޮތީ 45 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނަ މަގާމުގައި އޮތް އިރު ލީގުގައި އެ ޓީމް ކުޅުނު އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް އެ ޓީމް ބަލިވެފައި ނުވާކަން ފާހަގަ ކުރެއެވެ.ލީގުގެ ހަތަރު ވަނައަތްދާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ ކޮލިފިކޭޝަންއިން ފުރުސަތު ލިބޭއިރު މިލާން އާއި އެންމެ ގާތުން ވާދަ ކުރާ ރޯމާ ފަސް ވަނައިގައި އޮތީ 41 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ.

ރޭ މިލާންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އެެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މިލާނުގެ ފުރަތަމަ ގޯލު 49 ވަނަ މިނެޓުގައި ޖެހީ ޕިއަޓެކް އެވެ. އޭގެފަހުން ދެ މިނެޓުފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ފްރޭންކް ކެސީ އެވެ. މިލާނުގެ ތިން ވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ޖެހީ ސަމޫ ކަސްޓީހޯ އެވެ. މި ތިން ގޯލުގެ އިތުރުން މެޗުގައި މިލާނުން ޖެހި އިތުރު ދެ ގޯލެއް ވަނީ ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށްފަހު ބަދަލުކޮށްފައެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު ޕިއަޓެކް ވެފައިވަނީ އޮލިވާ ބިއެހޯފްގެ ފަހުން ޖެހިޖެހިގެން ހަތަރު މެޗުގައި މިލާނަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. ކުރީގެ މަޝްހޫރު ތަރި ބިއެހޯފް މިލާނަށް ޖެހިޖެހިގެން ހަތަރު މެޗުގައި ގޯލު ޖަހައިދިނީ 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ކުޅުނު މެޗުތަކުގައެވެ.