English Edition
Dhivehi Edition
dfsdsdf s s

އައްޑޫސިޓީ މަރަދޫ ވެލްކަމްވިލާ އާއިޝަތު މޫސާގެ ޚިދުމަތަށް ޝުކުރިއްޔާއެވެ. އުގަންނައި ދިނުމުގެ ދާއިރާއިން ކަނބައިދި އެވޯޑު ހާސިލް ކުރެއްވުމުން “އައްޑޫ އޮންލައިން” ނޫހުން މަރުހަބާ ދަންނަވަމެވެ.

އާއިޝަތު މޫސާއަށް މިފަދަ އެވޯޑެއް ލިބިލެއްވީ މެދުނުކެނޑި 45 އަހަރު އުގަންނައި ދެއްވުމުގެ މަސައްކަތުގައި ހޭދަ ކުރެއްވުމަށްފަހު އެވެ. ކަނބައިދި އެވޯޑަކީ އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އައްޑޫ އަންހެނުންގެ މަސައްކަތްތައް ފާހަގަ ކުރައްވައި އަލަށް ދެއްވަން ފެއްޓެވި އެވޯޑެކެވެ.

މިއެވޯޑު އާއިޝަތަށް ލިބި ލެއްވުމުން އޭނާ އިންނެވީ އުފަލުންނެވެ. އެ އުފަލާއެކު އުގަންނައި ދެއްވުމަށް އޭނާގެ ޝައުގު ވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އުގަންނައި ދެއްވުމުގެ ދާއިރާއަށް ވެންނެވީ އޭނާގެ ދޮށީ ދަރިފުޅަށް އަކުރު އުގަންނަވައި ދެއްވުމަށް ފެއްޓެވި ހިސާބުންނެވެ. އެމަސައްކަތް ފެއްޓެވުމުން އަވައްޓެރިންގެ ތަރުހީބު އޮހިގެން ދިޔައެވެ. އެހިސާބުން އެމީހުންގެ ދަރިންވެސް އައިސަައްތާގެ ގާތަށް ފޮނުވަން ފެށިއެވެ. އަމިއްލަ ދަރިފުޅަށްޓަކައި އުނގަށް ލެއްވި “ކުޑަ ވޮށުފިލާ މިހާރު އެވަނީ ބޮޑުވެ ފުޅާވެފަ އެވެ.” އަވަށްޓެރިންގެ ދަރިންނަށް ހުޅުވާ ލެވިފަ އެވެ.12963794_982574708445816_5195484758232247452_n

އެ ވޮށު ފިލައިގެ ވަށައިގެން ހަށަން ބަނދެގެންތިބެ ކިޔެވި އެތައް ކުދިންނެއް މިހާރުވަނީ މުޖުތަމައަށް ނުކުމެވެފަ އެވެ. މިހާރުވެސް އޭނާގެ ގާތަށް ތިންއިރަށް ކުދިން އާދެއެވެ. އަކުރުތައް ދަސްކުރުމަށާއި ގުރުއާން ކިޔެވުމަށެވެ. ހެނދުނު ގާތްގަނޑަކަށް 7.00 އިން ފެށިގެން އިރުއޮއްސި 6.00 އާ ހަމައަށް އޭނާ އުޅުއްވަނީ އުގަންނައި ދެއްވުމުގައި އަވަދިނެތި އެވެ. ވޮށުފިލާއިން ފެށިގެން ޚަތިމް ނިމެންދެން އައިސާއްތަ ކިޔަވައި ދެއްވައެވެ.

ގުރުއާން ކިވައި ދިނުމަކީ އަގުހުރި މަސައްކަތެކެވެ. އެއީ ފައިސާއިން އަގު ދެއްކޭނެ މަސައްކަތެއް ނޫނެވެ. އެހެން ކަމުން އެކަމަށް އޭނާ އެއްވެސް އަގެއް ނަންގަވަން ބޭނުންފުޅެއް ނޫނެވެ. އެހެންނަމަވެސް އައިސައްތާގެ މަސައްކަތުގެ ބުރަކަން އިހުސާސްވާ މީހުން އައިސައްތާގެ މަސައްކަތް ހުސްކޮށް ދިޔަކަ ނުދެއްވަ އެވެ.

ހިލޭ ސާބަހަށް ކަހަލަ ގޮތަކަށް ކޮށްދެއްވަމުން ގެންދެވި މަސައްކަތުގެ އަގު މިހާރު އޭނާއަށް ލިބި ލައްވައިފި ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެއީ ކަނބައިދި އެވޯޑެވެ.

aa1

“މިހާދުވަހު ކުރިމަސައްކަތަށް ތަރުހީބު ދިނުމުގެ ގޮތުން އެވޯޑެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ. އެވޯޑަށްފަހު އިތުރު ހިތްވަރަކާއި ޚާއްސަ ޝައުގު ވެރިކަމެއް ވަނީ އުގަންނައި ދިނުމުގެ ދާއިރާއިން އުފެދިފައި،” އާއިޝަތު ވިދާޅުވި އެވެ.

ފާއިތުވި 45 އަހަރު ތެރޭގައި އައިސައްތަ ވަނީ އެތައް ކުދިންނަށް އުގަންނައި ދެއްވާފަ އެވެ. އުގަންނަވައި ދެއްވިފައިވާ ކުދިންގެ އަދަދެއް އޭނާ އަކަށްވެސް އެނގި ނުލައްވަ އެވެ. އައިސައްތާއަކީ އެތައް ކުދިންނާއި އެތައް ބެލެނިވެރިއެއްގެ އިހުތިރާމާއި ގަދަރު ހޯއްދަވާފައިވާ އެދުރެކެވެ. ނުވަތަ އެދުރު ދައިތައެކެވެ.

ކަނބައިދި އެވޯޑަށްފަހު އައިސައްތާ ގެއްލޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ. ޚުދު އައިސައްތާވެސް އެގޮތެއް ބޭނުންވެ ނުލައްވަ އެވެ. އައިސައްތާ އިންނެވީ އިތުރު ހިތްވަރަކާއެކު އަދިވެސް އުގަންނައި ދެއްވުމަށް ތައްޔާރަށެވެ.