English Edition
Dhivehi Edition

ޓީވީ ޑްރާމާ ‘ޕަވިތްރަ ރިޝްތާ’ އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި މަންސީ ސިންގް،ޕަންޖާބްގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޔުވްރާޖް އާއި ކައިވެނިކޮށްފިއެވެ.

ޕަންޖާބްގެ ސަގާފަތާއި އެއްގޮތަށް ކުރެވުނު މި ކައިވެނި ހަފްލާ އޮތީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު މި ދެ ތަރިން އެންގޭޖްވެފައިވާއިރު މިދެތަރިންގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައްވަނީ މިޑީއާގައި ހިއްސާކޮށްފައެވެ. މީގެ އަހަރުތަކެއް ކުރިން މަންސީ އާއި ޔުވްރާޖް ފިލްމީ ހަފްލާއެއްގެ ތެރެއިން ދިމާވެ އެކުވެރިވެފައިވާއިރު ދެމީހުންވަނީ ލޯބީގެ ގޮތުން ގުޅި އެވާހަކަތައްވެސް މީޑިއާގައި ހިއްސާކޮށްފައެވެ. އެހެންކަމުން މި ދެތަރިންވެސް ފާހަގަވެފައިވަނީ މީޑިއާގައި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައްވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކުރަމުންދާ ތަރިންގެ ގޮތުގައެވެ.

މަންސީ އަކީ ގިނަ ޓީވީ ޑްރާމާތަކުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ހުނަރުތައް ދައްކަމުންދާ ތަރިއެކެވެ. މި ގޮތުން ދޭވޫކާ ދޭވް މަހާދޭވް، ޗަދްރަ ނަންދިނީ އަދި އޭނާ އެންމެ ފަހުން ކުޅުނު މަރިޔަމް ޙާން ރިޕޯޓިން ލައިވްގައި ކުޅުނު ނުބައި ބައި ރޯލަކީ ފާހަގަކޮށްލެވޭ ރޯލެކެވެ.